ށ. ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޕަރމަނަންޓް ސެކްރެޓަރ،ީ އަލްފާޟިލާ ޒީނިޔާ ހަމީދެވެ.

މި މަޝްރޫޢުގެ ދަށުނ،ް 5076 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 34,386 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއ،ި 2920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 302.60 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 177 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 32 މީޓަރުގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތުކުރުން ހިމެނެއެވެ. މީގެއިތުރުން މޫރިންގ ބޯއީސް ހަރުކުރުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި ދެ ޖެޓީއެއް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމާއ،ި 1652 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއ،ި 311 މީޓަރުގެ ސަރަޙައްދެއްގައި ކާރބްސް ހަރުކުރުމުގެ މަސައްކަތްވެސް މީގެތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢަކީ 53.33 މިލިއަން ރުފިޔާއަށް 455 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.



519އާ ގާތްކުރާ އާބާދީއެއް އޮންނަ ށ. ނޫމަރާ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް ވަޒީފާ އަދާކުރަނީ ޕަބްލިކް ސެކްޓަރގައެވެ. އަދި ރިސޯޓްތަކުގައި މަސައްކަތްކުރާ ޒުވާނުންނާއި ވަޑާމުގެ މަސައްކަތުގައި އުޅޭ ފަރާތްތައްވެސް މަދެއް ނޫނެވެ.

ނޫމަރާ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަދު ސޮއިކުރެވުނު ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ވަރަށް ބޮޑު ލުއިފަސޭހައަކާއި ހިތްހަމަޖެހުމެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެއެވެ. މީގެކުރިން ދިމާވަމުން އަންނަ ބޭރުތޮށީގެ މައްސަލަތަކާއި ކުއްލި ކުއްލިއަށް ނެރު ފުންކުރަންޖެހުމުގެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ޖާގަ ތަނަވަސް ޒަމާނީ ބަނދަރެއް ރައްޔިތުންނަށް ލިބި ފަރަށް އެރުމުގެ ހާދިސާތަކަށް ނިމުމެއް އަންނާނެކަމަށް ސަރުކާރުން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު