ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ހަސަން (އެވިލާ) އެމްޑީޕީއަށް ސޮއިކުރަށްވައިފިއެވެ.

ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ހަސަން އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް ސާލިހު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައެވެ.

މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި އިބްރާހީމް ހަސަނާއެކު އެމްޑީޕީއާ ގިނަ ބަޔަކު ވަނީ ގުޅިފައެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީގައި ތިބި މެމްބަރުންވެސް ހިމެނެއެވެ.



ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާތީ ހިތްހަމަނުޖެހިގެން އެ ޕާޓީން ވަކިވި މެމްބަރުންތަކެއް އިއްޔެވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.

ސޮއިކުރި މެމްބަރުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އެމްޑާބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހާއި ބައެއް މިނިސްޓްރީތަކުގެ ޑެޕިއުޓީ މިނިސްޓަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީގެ މެމްބަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޕީޕީއެމްގައި އިސްކޮށް އުޅުއްވި ބައެއްް މެމްބަރުންވެސް ވަނީ އެމްޑީޕީއާ ގުޅިިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު