ރާއްޖެއަކީ ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރާ އެއް އިގްތިސާދަށްވެއްޖެއެވެ.
އައިއެމްއެފުން އާއްމުކޮށްފައިވާ ހިސާބުތަކާއި ހަވާލާދީ ކޮމަންވެލްތުން ބުނާގޮތުން ރާއްޖެއަކީ ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދެވެ.
ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ ގުޔާނާއެވެ. އެގައުމަށް ފަހު ދެވަނައަށް އެންމެ ބާރަށް ކުރިއަރަމުން ދަނީ ރާއްޖޭގެ އިގްތިސާދެވެ. ރާއްޖޭގެ އިގްތިސާދު މިއަހަރު 7.2 އިންސައްތަ ކުރިއަރާނެކަމަށް އައިއެމްއެފުން ލަފާކުރެއެވެ.
އައިއެމްއެފްގެ ހިސާބުތަކާއި ހަވާލާދީ ކޮމަންވެލްތުން ބުނާގޮތުން ދުނިޔޭގެ ނިސްބަތުން ބަލާނަމަ ރާއްޖޭގެ އިގްތިސާދަކީ ދުނިޔޭގައި ހަތަރު ވަނައަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދެވެ.
ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަން ކުރިއެރުމާއި، އެއާއެކު އެހެން ސިނާއަތްތަކަށް ފައިދާކުރުން ހިމެނެއެވެ.
އައިއެމްއެފްގެ އިތުރުން ވޯލްޑް ބެންކުން އެންމެފަހުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް، އެމްޑީޔޫ"ގައިވެސް ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދިއުމުގެ ސަބަބުން ރިއަލް އެސްޓޭޓް، ޓްރާންސްޕޯޓް އަދި ޓްރޭޑްގެ ސިނާއަތަށްވެސް އޭގެ ހެޔޮ އަސަރުކުރަމުންދާކަމަށެވެ. އެގޮތުން އެ ސިނާއަތްތަކަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް 12.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށްވެސް ވޯލްޑް ބެންކުން ބުނެފައިވެއެވެ.
އައު ރިސޯޓްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަމުންދާ ތަރައްޤީއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް މިހާރަށްވުރެ ބޮޑު ކުރިއެރުމެއް ލިބޭނެކަން މާލީ އިދާރާތަކުން ފާހަގަކުރެއެވެ.
މާލީ އިދާރާތަކުން ބުނާގޮތުން ރާއްޖެއިން އެކި ސިނާޢަތްތަކުން ހޯދަމުންދާ ކުރިއެރުންތަކާއެކު ކޮމަންވެލްތުގެ އިތުރުން ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖެއަކީ މި ސަރަހައްދުގައިވެސް އެންމެ ބާރަށް ކުރިއަރަމުންދާ އިޤްތިޞާދެވެ.

Where do Commonwealth member states fit on the list of the world's fastest growing economies? (projected growth, 2023) 📈
— Centre for Commonwealth Affairs (@commonwealthcca) June 21, 2023
1. Guyana 🇬🇾 (37.5%)
4. Maldives 🇲🇻 (7.2%)
5. Fiji 🇫🇯 (7%)
8. Rwanda 🇷🇼 (6.2%)
13. India 🇮🇳 (5.9%)
16. Uganda 🇺🇬 (5.7%)
Think Commonwealth, think growth! pic.twitter.com/uAQA8wG84x
ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަން ކުރިއެރުމާއި، އެއާއެކު އެހެން ސިނާއަތްތަކަށް ފައިދާކުރުން ހިމެނެއެވެ.
އައިއެމްއެފްގެ އިތުރުން ވޯލްޑް ބެންކުން އެންމެފަހުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް، އެމްޑީޔޫ"ގައިވެސް ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދިއުމުގެ ސަބަބުން ރިއަލް އެސްޓޭޓް، ޓްރާންސްޕޯޓް އަދި ޓްރޭޑްގެ ސިނާއަތަށްވެސް އޭގެ ހެޔޮ އަސަރުކުރަމުންދާކަމަށެވެ. އެގޮތުން އެ ސިނާއަތްތަކަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް 12.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށްވެސް ވޯލްޑް ބެންކުން ބުނެފައިވެއެވެ.
އައު ރިސޯޓްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަމުންދާ ތަރައްޤީއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް މިހާރަށްވުރެ ބޮޑު ކުރިއެރުމެއް ލިބޭނެކަން މާލީ އިދާރާތަކުން ފާހަގަކުރެއެވެ.
މާލީ އިދާރާތަކުން ބުނާގޮތުން ރާއްޖެއިން އެކި ސިނާޢަތްތަކުން ހޯދަމުންދާ ކުރިއެރުންތަކާއެކު ކޮމަންވެލްތުގެ އިތުރުން ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖެއަކީ މި ސަރަހައްދުގައިވެސް އެންމެ ބާރަށް ކުރިއަރަމުންދާ އިޤްތިޞާދެވެ.
ކިޔުންތެރިންގެ ހިޔާލު