އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަގެނތީގެ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އޭސީސީއަށް ހާޒިރުކޮށްފިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކާނަލް ނާޒިމް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އޭސީސީން ތަހުގީގު ކުރަމުން އަންނަ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އިއްޔެ އާއި މިއަދު އެކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި މިއަމަލަކީ ސަރުކާރުން އޭސީސީއަށް ނުފޫޒު ފޯރުވައިގެން އޭނާއަށް ބިރު ދެއްކުމަށް ކުރާ ކަމެއް ކަމަށް އެބަޔާނުގައިވެއެވެ.
ނާޒިމް ވިދާޅުވީ އޭސީސީއަށް ހާޒިރުކުރީ 2014 އިން 2015 އަށް ހިންގި ހިޔާނާތުގައި ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތުގެ ފައިސާއަށް ހިޔާނާތްވެފައިވާ ކަމަށް ބުނާ މައްސަލައެއްގައި މައުލޫމާތު ސާފުކުރަން ކަމަށެވެ. މީގެ 9 އަހަރު ކުރިން ހިނގާފައިވާ މައްސަލައެއްގެ ތަހުގީގަށް އޭނާ މި ހާޒިރުކުރީ ސިޔާސީ ގޮތުން އަގު ވައްޓާލުމުގެ އިތުރުން ރައްޔިތުން ކުރާ ތާއީދު ކަނޑުވާލަން ބައެއްގެ ނުފޫޒުން ކަމަށް ނާޒިމް ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.
ނާޒިމް ވިދާޅުވީ ސަރުކާރުގެ އެކި ފެންވަރުގެ މަގާމްތައް އަދާކުރައްވާތާ 30 އަހަރަށްވުރެ ގިނަދުވަސްވިއިރު ދައުލަތުގެ އެއްވެސް ފައިސާއެއްގައި އޭނާ ޖެހިފައި ނުވާނެ ކަމަށެވެ. މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން ހިންގާ މި އަމަލު ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެ އިންތިހާބަށް ނުފޫޒު ފޯރުވުމަަށް ހިންގާ ކަންކަން ހުއްޓާލުމަށް ނާޒިމް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު