އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަަޅުމަަށް ގަދަކަމުން ވަންނަން މަސައްކަތްކޮށް ގޮނޑިތަައް ނެރެނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެންގުމަކަށް ނޫންތޯއޭ ވިދާޅުވެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ސުވާލު ކުރަށްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ހުއްޓިފައި އޮއްވާ މަޖިލިސް ތަޅުމަށް ނުވަދެވުމުން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ބައެއް މެންބަރުން، މަޖިލީހުގެ ޗެމްބަރުގައި ހުރި ގޮނޑިތައް ގޯތި ތެރެއަށް ވަނީ ނެރެފައެވެ. މަޖިލިސް ޖަލްސާތައް ހުއްޓާލުމަށްފަހު ރައީސް ނަޝީދާއި އިދިކޮޅު މެމްބަރުން މިއަދު ވެސް ތިއްބެވީ މަޖިލީހުގެ ކުޑަ ދޮށުގައެވެ.
އެކަމާ ގުޅިގެން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ވަނީ އެކަމަކީ ރައީސް ނަޝީދު އަންގަވައިގެން ކުރާ ކަމެއް ނޫންތޯއޭ ވިދާޅުވެ ސުވާލުކުރަށްވާފައެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާ އެޖެންޑާ ނުކުރަށްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
"މަޖިލިސް ރައީސް، ޖަލްސާ އެޖެންޑާ ނުކުރައްވާ، ގާނޫނީ އެއްވެސް ސަބަބެއްނެތި ރިޔާސަތަށް ނާރުއްވާ އިންނަވަނީ އެބޭފުޅުންނާއެކު." އިދިކޮޅު ފަރާތްތަކާއިއެކު މަޖިލީހުގެ ކުޑަ ދޮށުގައި ރައީސް، މުހައްމަދު ނަޝީދާއި ބައްދަލުކުރަށްވާ ފޮޓޯއެއް ހިއްސާ ކުރަށްވައި މޯޑް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އޮތް ދަނޑިވަޅުގައި މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން އެމަނިކުފާނު ވަނީ ޖަލްސާތަކުގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވާ ކަމަށް މަޖިލިހުގެ އިދާރާއަށް އަންގަވައިފަ އެވެ. އޭގެފަހުން ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މަޖިލިހުގެ ގަވާއިދު ބުނެފައިވަނީ ރިޔާސަތު އެހެން މެންބަރަކަށް ބެލެހެއްޓެވޭނީ ގިނަވެގެން ވެސް ޖެހިޖެހިގެން ތިން ޖަލްސާގައި ކަމަށެވެ. އަފީފު ތިން ދުވަހު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވާތީ، މަޖިލިހުގެ ޖަލްސާތައް ދެން ނުބޭއްވޭނެ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އިއްޔެއާއި މިއަދު މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު