ރައީސް ނަޝީދަށް އެންމެ ރަނގަޅުވާނީ ކުރީގެ ރައީސްގެ މަގާމުގެ އެކަނި ކަމަށާއި، އެހެން ހުރިހާ ސިޔާސީ މަގާމުތަކަކުން އިސްތިއުފާދެއްވުމަށް، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ކުރީގެ ނާއިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޝުއައިބު މިފަދައިން ވިދާޅުވީ ނަޝީދު މިއަދު އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގެންނެވުމާ އެކުއެވެ. ޝުއައިބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ "އެކުވެރި ރައީސް ނަޝީދަށް ނަސޭހަތެއް" ކަމަށެވެ. އެމަނިކުފާނަށް ރާއްޖޭގެ މަނޑޭލާގެ ޝަރަފު ދިން ކަމަށާއި، ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ބޮޑު ޕާޓީ 17 އަހަރު ދުވަހު ހިންގަން ދިން ކަމަށެވެ.
މީގެ އިތުރުން ރައީސުލް ޖޫމްހޫރިއްޔާގެ މަޤާމް ވެސް ދިން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސަ ދިން ކަމަށެވެ. އަދި މި ހުރިހާ މަޤާމެއް ބޭނުން ކުރެއްވީ، ނަޝީދުގެ އަމިއްލަ މަސްލަހަތުތައް އިސްކޮށްގެންކަން ރައްޔިތުންގެ ގިނަބަޔަކު މިއަދު ޤަބޫލު ކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މަނިކުފާނަށް އެންމެ ރަނގަޅު ގޮތަކީ ކުރީގެ ރައީސްގެ މަޤާމު އެކަނި އަދާކުރެއްވުމެވެ. އެހެން ހުރިހާ ސިޔާސީ މަޤާމުތަކުން މަނިކުފާނު އިސްތިއުފާ ދެއްވުމެވެ." ޝުއައިބު ރައީސް ނަޝީދަށް ދެއްވި ނަސޭހަތް ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ޝުއައިބު ވަނީ މީގެ ކުރިން ވެސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝުއައިބަކީ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވަނިކޮށް، ރައީސް ނަޝީދުގެ ނުފޫޒުގެ ސަބަބުން ޕާޓީން ފިޔަވަޅު އަޅާ ވަކިކުރި މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު