ދާއިމީ ކޮމިޓީތަކުގެ މައްސަލައަށް ހައްލެއް ނުގެނެވޭގޮތަށް އެޖެންޑާގައި ހިމެނުމަށްފަހު ދައުރު ނިންމާ ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މާދަމާގެ އެޖެންޑާގައި ވަނީ ރައީސްގެ މޭޒުން ހުށަހަޅާ މައްސަލައެއް އެކަންޏެވެ. އެއީ މަޖިލީހުގެ ދާއިމީ ކޮމިޓީގެ މައްސަލައެވެ.

އެޖެންޑާގައި ބުނެފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމެވެ.

އަދި ބަހުސަށްފަހު, މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ގޮތަށް އިސްލާހު ހުށަހެޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދިނުމަށްފަހު، އިސްލާހު ހުށަހެޅުއްވުމަށް ފުރުސަތު ދ،ީ އެގޮތުން ހުށަހަޅުއްވާ އިސްލާހުތަކަށް ވޯޓަށް އެހުން މާދަމާގެ އެޖެންޑާގައި ހިމެނެއެވެ.

މީގެއިތުރުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި، ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތާމެދު ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް ބުނެފައިވެއެވެ.

ހެނދުނު 9 ޖަހާއިރަށް އެޖެންޑާކޮށްފައިވާ މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއީ މަޖިލީހުގެ ރިޔާސަތު މަޖިލީހުގެ އެންމެ ދުވަސްވީ މެންބަރު ހަސަން އަފީފު 3 ޖަލްސާގެ ރިޔާސަތު ވިދިވިދިގެން ބަލަހައްޓާފައިވާތީއެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދެން ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ރައީސް ނުވަތަ ނައިބްރައީސެވެ.

އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާ އޮންނަނި ހޯމައިން ބުދަ ދުވަހަށެވެ. އަދި ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވާނީ މެންބަރުން އެދިގެން ނުވަތަ ދައުރު ނިންމުމުގެ ގޮތުންނެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން، ދައުރު ނިމޭ ޖަލްސާ ބާއްވާނީ، އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މިއަހަރުގެ ދެވަނަ ދައުރު ނިމޭނީ ޖޫން މަހުގެ ނިޔަލަށެވެ. އަދި ކުރިއަށް އޮތީ އީދު ބަންދު ދުވަސްތަކާއި އީދާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ބަންދުކަމަށް ކަނޑައަޅުއްވާފައިވާ ދުވަސްތައްކަމުން، މި މަހުގެ ރަސްމީ ފަހު ދުވަހަކީ ބުރާސްފަތި ދުވަހެވެ.

ކޮމިޓީތަކުގެ މައްސަލައިގެ އިތުރުން މަޖިލީހަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ވެސް އަދި އޮތީ ވަކި ގޮތެއް ނުނިމިއިވެ.



ކިޔުންތެރިންގެ ހިޔާލު