ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާތީ ހިތްހަމަނުޖެހިގެން އެ ޕާޓީން ވަކިވި މެމްބަރުންތަކެއް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އެމްޑީޕީއަށް ސޮއިކުރި މެމްބަރުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އެމްޑާބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހާއި ބައެއް މިނިސްޓްރީތަކުގެ ޑެޕިއުޓީ މިނިސްޓަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ޖުމްހޫރީ ޕާޓީން ވަކިވި މެމްބަރުން އެމްޑީޕީއަށް ސޮއިކުރީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއްގައެވެ.

ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީގެ މެމްބަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޕީޕީއެމްގައި އިސްކޮށް އުޅުއްވި ބައެއްް މެމްބަރުންވެސް ވަނީ އެމްޑީޕީއާ ގުޅިިވަޑައިގެންފައެވެ،.



ކިޔުންތެރިންގެ ހިޔާލު