ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމަށް 2023 ވަނަ އަހަރު ހުޅުވާލި ފުރުޞަތުގައި ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓް އިއުލާންކޮށްފިއެވެ.
ހަޔަަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދާއިމީ ނަތީޖާ މިއަދު އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާކަމަށެވެ. އަދި މިފަހަރު ޖުމްލަ 1275 ފަރާތަކަށް ލޯނު ލިބިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
މިއަހަރު ސްޓޫޑަންޓް ލޯނަށް ކުރިމަތިލީ 1507 ދަރިވަރުންނެވެ.
ލޯނު ލިބޭ ދަރިވަރުންގެ ވަގުތީި ލިސްޓް މިމަހުގެ އެއްވަނަ ދުވަހު އާއްމުކުރި އިރު އެ ލިސްޓުގައި އޮތީ 1225 ދަރިވަރުންނެވެ. ނަމަވެސް ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހު އެ ލިސްޓަށް އިތުރު 50 ދަރިވަރުން އިތުރުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ހަޔަަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތަޢުލީމާ ތަމްރީނަށް މިދިޔަ 4 އަހަރުތެރޭގައި 3261 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ.

ސްޓޫޑަންޓް ލޯނުގެ ދާއިމީ ނަތީޖާ ނުކުމެއްޖެ!@Miuvaan @HiskoMan https://t.co/Tyirpo9aWK
— Ibrahim Hassan, PhD (@DrChubby) June 21, 2023
ލޯނު ލިބޭ ދަރިވަރުންގެ ވަގުތީި ލިސްޓް މިމަހުގެ އެއްވަނަ ދުވަހު އާއްމުކުރި އިރު އެ ލިސްޓުގައި އޮތީ 1225 ދަރިވަރުންނެވެ. ނަމަވެސް ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހު އެ ލިސްޓަށް އިތުރު 50 ދަރިވަރުން އިތުރުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ހަޔަަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތަޢުލީމާ ތަމްރީނަށް މިދިޔަ 4 އަހަރުތެރޭގައި 3261 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު