ރައްޔިތުން ތިބީ މިއަހަރުގެ ރިޔާސީ އިންތިހާބު ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކާމިޔާބު ކޮށްދިނުމަށް އަޒުމް ކަނޑައަޅައިގެން ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް މިރޭ ވިދާޅުވެއްޖެއެެވެ.

އާރިފް މިހެން ވިދާޅުވީ ސަލްޓަން ޕާކުގައި މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން ޖަލްސާގައެެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ރައްޔިތުން ތިބީ މިއަހަރުގެ ރިޔާސީ އިންތިހާބު ގާސިމް އިބްރާހީމަށް ކާމިޔާބު ކޮށްދިނުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ. އެގޮތުން އަމިއްލަ ފައިސާ އިން ޚަރަދުކޮށްގެން ރައްޔިތުން ތިބީ ގާސިމް ރައީސް ކަމުގެ މަގާމަށް ގެންނަން ތައްޔާރަށް ކަމަށް އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމެވުމުން ސަރުކާރުން އެމަނިކުފާނަށް ދަތިކުރަމުންދާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް އަނިޔާވެރިނުވުމަަށް އާރިފް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެެ.

މީގެ އިތުރުން އާރިފް ވިދާޅުވީ ގާސިމް އިބްރާހީމަށް ކުރާ ކޮންމެ އަނިޔާއަކީ ދިވެހި ރައްޔިތުންނަށް ކުރާ އަނިޔާއެއް ކަމަށެވެެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އާރިފް ވަނީ މިޖަލްސާގައި ރައީސް ސާލިޙަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހޫނު ހަމަލާތަކެއް ވެސް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު