ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސިފައިންނަށް ހާއްސަކޮށްގެން 138 ޔުނިޓްގެ ޢިމާރާތެއް ބިނާކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސިފައިންގެ ވެލްފެއަރ ކަންތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭކަމަށާއި މި ވަގުތުވެސް އެންމެ ބޮޑު އިސްކަމެއް މިދެނީ ސިފައިންގެ ބޯހިޔާވަހިކަމަށްކަމަށެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ ޢިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއްވުމަށްފަހު، އެ ޢިމާރާތްތައް ނިންމުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންކަމަށެވެ. އެގޮތުން ހުޅުމާލޭގައި 138 ޔުނިޓްގެ ޢިމާރާތެއް އެޅުމަށް ނިންމާފައިވާކަން ރައިސް މިރޭ އިއުލާންކުރެއްވިއެވެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މިއަހަރު ބިޑްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ޚިދުމަތުގައި ތިއްބަވާ ސިފައިންގެ ބޯހިޔާވަހިކަމަށްޓަކައި، ހުޅުމާލޭ ފޭސް 2 ގައި ވެސް، 138 ޔުނިޓްގެ ޢިމާރާތެއް ބިނާކުރަން މިހާރުވަނީ ނިންމާފައި. އެ ޢިމާރާތުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް އިރާދަކުރެއްވިއްޔާ މިއަހަރު ބިޑްކުރެވޭނެ"
ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުން އަންނަ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ އެކަމާ ބެހޭ ދިރާސާތައް ކުރަމުންކަމަށާއި މިފަދަ ހުރިހާ ކަމަކީވެސް ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަމާވެސް ގުޅިފައިވާ ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ އެހެން މަޝްރޫޢުތަކާއެކު ސިފައިންގެ ޚިދުމަތުގެ އޮނިގަނޑަށްވެސް ބަދަލުތަކެއް ގެންވަމުންދާކަމަށެވެ. އެގޮތުން ހދ.ހަނިމަދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކޮށް ނިމޭއިރު، އެސަރަޙައްދުގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުވެގެންދާނެކަމަށާއި އެކަމަށްޓަކައި ޅ. މާފިލާފުށީގައި މިހާރު ހިންގާ އެމް.އެން.ޑީ.އެފް ނޮދަން އޭރިއާގެ ހެޑްކުއޯޓަރު، ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ހެޑްކުއޯޓާރު އެޅުމުގެ މަޝްރޫޢު މިހާރުވަނީ ކޮންޓްރެކްޓަރާ ޙަވާލުކޮށްފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިފައިންގެ އޮޕަރޭޝަނަލް އަދި ލޮޖިސްޓިކްސް ޤާބިލުކަން އިތުރުކުރުމަށްޓަކައި، ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭކަމަށެވެ. އަދި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި ޢަސްކަރިއްޔާގެ ތަރައްޤީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން، ދިވެހި ސިފައިންގެ ޤާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރު ވަނީ އިތުރުކުރެވިފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު