ސްމާޓް މީޓަރ ހަރުކޮށް ކޮންމެ ދުވަހަކުވެސް ގޭބީސީތަކުގައި ކަރަންޓު ބޭނުންކުރާވަރު ގޭގައި އުޅޭ ފަރާތްތަކަށް ފެންނަން ހުންނާނެގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ ކަރަންޓް ބިލުގެ މައްސަލައަކީ އާއްމުން އެންމެ ބޮޑަށް ފާހަގަކުރާ މައްސަލަކަމަށެވެ. އަދި ބޭނުންނުކުރާ ކަރަންޓަށް ފައިސާ ނަގާކަމުގެ ކަންބޮޑުވުން އާއްމުން ފާހަގަކުރާކަމަށް ވިދާޅުވަމުން ޝަރީފް ވިދާޅުވީ އެ ކަންބޮޑުވުން ހައްލުކުރުމަށް އެ ކުންފުނިން މަސައްކަތްކުރަމުންދާކަމަށެވެ.
ޝަރީފް ވިދާޅުވީ ބިލުގެ މައްސަލައިގައި އާއްމުންނަށް އަރާ އޮޅުންތައް ފިލުވުމަށް މަސައްކަތްކުރަމުންދާކަމަށާއި، އެކަމަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެކަމަށެވެ.
ޝަރީފް ވިދާޅުވީ ބިލާއި މެދު އުފެދޭ ޝައްކުތައް ފިލުވުމަށް ސްމާޓް މީޓަރު ތައާރަފްކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ސްމާޓް މީޓަރ ހަރުކޮށް ކޮންމެ ދުވަހަކުވެސް ގޭބީސީތަކުގައި ކަރަންޓު ބޭނުންކުރާވަރު ގޭގައި އުޅޭ ފަރާތްތަކަށް ފެންނާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ކޮންމެ ގެއަކުން ކޮންމެ ދުވަހަކު، އަދި ކޮންމެ މަހަކުވެސް ކަރަންޓު ބޭނުންކުރާ ގޮތް ފެނިގެންދާނެ. ބޭނުންކުރެވޭ ނިސްބަތް ދަނީ މައްޗަށްތޯ، ނުވަތަ ތިރިއަށްތޯވެސް އެނގޭނެ. އަދި އަހަރުން އަހަރަށް ކަރަންޓު ބޭނުންކުރެވޭ ނިސްބަތްވެސް އެނގޭނެ" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކަރަންޓް ބިލު ފޮނުވުމުން ކޮންމެ މަހަކުވެސް ޢާއްމުންގެ ފަރާތުން ސްޓެލްކޯއަށް އެތައް ތުހުމަތުތަކަކާއި ކުރިމަތިލާންޖެހޭކަމަށެވެ. ނަމަވެސް ނުހޯދާ ހިދުމަތަކަށް ސްޓެލްކޯއިން ބިލު ނުކުރާނެކަމަށް ވިދާޅުވާ ވިދާޅުވުން ޝަރީފް ވަނީ ތަކުރާރުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު