ހުޅުމާލެ ފޭސް 2 އަށް އަރާ ބްރިޖު ކައިރީގައި ދެ ކާރު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް 1 އިން ފޭސް 2 އަށް އަރާ ބްރިޖް ކައިރީގައި ކަމަށެެވެ. މި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ އެކްސިޑެންޓް ހިނގިއިރު އޭގެތެރެއިން އެއްކާރު ދުއްވަން އިން ޑްރައިވަރެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ފޭސް1ގެ ހިތިގަސް މަގު ޕްލެޓިނަމް ކައިރީގައި ދެ ކާރެއް ޖެހި، ކޮންޓްރޯލް ނުވެ ގޮސް ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހަވީރު 5:47 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެކްސިޑެންޓްގައި ތިން މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އަދި އެތަނުން އެކަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު އެ ތަނަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ މި އެކްސިޑެންޓްގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު