ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިސް މަޤާމްތަކެއް އަދާކުރެއްވި މަހީލް އަލީ ޖަލީލް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މަހީލް އެމްޑީޕީއަށް ސޮއިކުރެއްވީ މުލިއާގޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އޭނާ އެމްޑީޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



މަހީލަކީ ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ އިސް މަޤާމްތަކެއް ފުރުއްވި ބޭފުޅެވެ. އަދި އޭނާ ވަނީ 2014 ވަނަ އަހަރު ޕީޕީއެމް ޓިކެޓްގައި މަޖިލިސް އިންތިހާބުގައިވެސް ވާދަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު