ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުު ސާލިހު، ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި ބައްދަލުކުރެއްވީ، އަފީފުގެ އެދިވަޑައިގަތުމަށްކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް ސާލިހާއި އަފީފްގެ ބައްދަލުކުރެއްވުމެއް މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ވަނީ ކުރިއަށްގޮސްފައެވެ. ނަމަވެސް މިއީ ކޮން ކަމަކާއި ގުޅޭ ބައްދަލުވުމެއްކަމެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ އެ ބައްދަލުވުމަކީ އަފީފުގެ އެދިވަޑައިގެންނެވުމަކަށް ބޭއްވެވި ބައްދަލުވުމެއްކަމަށެވެ. ނަމަވެސް ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް ދެވެން ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި އަފީފާއި ރައީސްގެ ބައްދަލުވުމަކީ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ މައްސަލައިިގައި ބޭއްވެވި ބައްދަލުވުމެކެވެ.

ނަޝީދު މިއަދު ވިދާޅުވީ އެ ބައްދަލުވުމަކީ މަޖިލިސް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯއްދެވުމަށް އެމަނިކުފާނުގެ އެދިވަޑައި ގެންނެވުމަކަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު