މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަަނަ ދައުރު ޗުއްޓީގެ ކުރިން އިތުރު ޖަލްސާއެއް ބޭއްވޭނެ ހާލަތެއް ނެތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް، އެފަދަ ހާލަތެއް ނެތްކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތްކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެނެވެ.
ނަޝީދާއި ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އޭނާ ވަނީ މަޖިލީޙުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާކޮށްފައި އޮތުމުން މަޖިލީހުގެ ނާއިބު ރައީސްވެސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަން މަޖިލީހަށް ވަނީ އަންގާފައެވެ. އެހެންކަމުން މަޖިލީޙުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
ނަމަވެސް ޤަވާއިދު ބުނާގޮތުން އަފީފަށް ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ ރިޔާސަތެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ އަފީފް ވިދިވިގެން 3 ޖަލްސާގެ ރިޔާސަތު ބަލަހައްޓާފައި އޮތުމުން، ޤަވާއިދުގައި ބުނާގޮތުން އަންނަ ބުރާސްފަތިދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބާއްވަން ޖެހޭ ޖަލްސާތަކުގެ ރިޔާސަތު އަފީފަށް ނުބެލެހެއްޓެވޭނެ ކަމަށެވެ. އެހެންކަމުން މަޖިލީޙުގެ ޖަލްސާއެއް މި ދައުރުގައި ބޭއްވޭނެ ހާލަތެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅުތަކާއި ގުޅިގެން މިޑީއާތަކާއި ވާހަކަ ދައްކަވަމުން މަޖިލީޙުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭފަދަ ހާލަަތަކަށް ނުދާކަމަށެވެ. އަދި މަޖިލީޙުގެ ރައީސް ބޭނުންފުޅުވާނަމަ ޖަލްސާތައް ބޭއްވޭނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މާދަމާ ޖަލްސާ ނުބާއްްވަންޏާ އެެއީ މަޖިލީހުގެ ޒިންމާއިން ރެކިވަޑައިގަތުންކަމަށާއި މަޖިލީހުގެ ރައީސް ޖަލްސާއަށް ވަޑައިގަންނަވަންޖެހޭނެ ކަމަށެވެ. އަދި ރިޔާސަތު ބަލަހައްޓަވަން ބޭނުންފުޅު ނުވަންޏާ ޖަލްސާ ފަށްޓަވާފައި އެހެން ބޭފުޅަކާ ހަވާލުކުރެއްވޭނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ޒިންމާތަކުން ރެކިވަޑައިގެންނެވުމުގެ ބަދަލުގައި އިސްތިއުފާ ދެއްވުމަކީ އެންމެ ރީތި ގޮތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު