މާލެ ސިޓީގެ މޭޔަރ މުއިއްޒުގެ އާއިލީ ބޭފުޅެއްކަމަށްވާ އަދި ޕީޕީއެމްގެ ކުރީގެ ސެނެޓަރެއްކަމަށްވާ އަހުމަދު ޣާލިބް އެމްޑީޕީއަށް ސޮއިކުރަށްވައިފިއެވެ.

ޣާލިބް އެމްޑީޕީއަށް ސޮއިކުރަށްވާފައިވަނީ މުލީއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީން ބުނީ ޣާލިބް އެ ޕާޓީއަށް ސޮއިކުރެއްވީ ގިނަ އަދަދެއްގެ ބަޔަކާއެކުކަމަށެވެ.



އިދިކޮޅު ޕީޕީއެމްގެ ކެލާ ދާއިރާގެ ރައީސްގެ މަޤާމުގައި ހުންނެވި އަހުމަދު ޣާލިބް، އެ ޕާޓީން ވަކިވެ ވަޑައިގެންނެވީ މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ.

އޭނާ ޕީޕީއެމުން ވަކިވެވަޑައިގެންނެވީ މިވަގުތު އެ ޕާޓީއާއެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް ނެތްކަމަށް ވިދާޅުވެއެވެ.

ޣާލިބަކީ މުއިއްޒުގެ އިތުރުން، ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އަދި ޑެޕިއުޓީ ލީޑަރު އިޤްބާލް އާދަމްގެ އާއިލީ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު