ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެ ކޮމިޝަންގެ މެންބަރުންގެ ޢަދަދު 7 އަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށައަޅައިފިއެވެ.
ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ޤާނޫނުއަސާސީއަށާއި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ 2 ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުއްވާފައިވާކަމަށެވެ. މިގޮތުން، ޖޭއެސީއަށް ގެންނަ މައިގަނޑު ބަދަލަކީ، އެކޮމިޝަންގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުންކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ 11 މެމްބަރުންނެވެ.
ބަންޑާރަ ނާއިބު ވިދާޅުވީ މިގޮތަށް ހުށައެޅުއްވީ ޝަރުޢީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި، މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުޢީ ދާއިރާއާއި އެނޫންވެސް ފަރާތްތަކާއި ޤާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކާއި ޢާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައިކަމަށެވެ.
ބަންޑާރަ ނާއިބު ވިދާޅުވީ، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދުކަމަށެވެ. މި 2019 ވަނަ އަހަރު ފަށްޓަވާފައިވާކަމަށާއި، މިހާތަނަށް އެކަމާގުޅޭ 9 ބިލެއް މަޖިލީހަށް ހުށައަޅުއްވާފައިވާކަމަށް ރިފްޢަތު ވިދާޅުވިއެވެ.
ބަންޑާރަ ނާއިބު ވަނީ ޖޭއެސްސީ އިޞްލާހު ކުރުމަށް ހުށައެޅުއްވި މި ދެބިލާއެކު ޖޭއެސްސީގެ ޖުޑީޝަރީ އިސްލާހުކުރުމުގެ ވައުދު ފުރިހަމަ ކުރެވިއްޖެ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން، މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭ.އެސް.ސީ. ގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، ޖޭ.އެސް.ސީ. ގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުން.
— I Riffath (@ibriffath) June 19, 2023
ބަންޑާރަ ނާއިބު ވިދާޅުވީ، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދުކަމަށެވެ. މި 2019 ވަނަ އަހަރު ފަށްޓަވާފައިވާކަމަށާއި، މިހާތަނަށް އެކަމާގުޅޭ 9 ބިލެއް މަޖިލީހަށް ހުށައަޅުއްވާފައިވާކަމަށް ރިފްޢަތު ވިދާޅުވިއެވެ.
ބަންޑާރަ ނާއިބު ވަނީ ޖޭއެސްސީ އިޞްލާހު ކުރުމަށް ހުށައެޅުއްވި މި ދެބިލާއެކު ޖޭއެސްސީގެ ޖުޑީޝަރީ އިސްލާހުކުރުމުގެ ވައުދު ފުރިހަމަ ކުރެވިއްޖެ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު