ބޭރު ކުންފުނިތަކަކުން ގިނަ އަދަދެއްގެ މުދާ ގެނައުމަށްފަހު މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި 23 ދައުވާއެއް އުފުލާފައިވަނީ މއ. ހަނީސަކްލް-1 ޙުސައިން ޝިފާޢު ރާއްޖެއިން ފުރައިފިއެވެ.
ޝިފާޢު ރާއްޖެއިން ފުރިކަން ހާމަވީ އޭނާ ބަންދުން ދޫކޮށްލި މައްސަލަ ޕީޖީން އިސްތިއުނާފްކުރުމުންނެވެ.
މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރި ޝިފާއު ބަންދުން ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މިދިޔަ މަހުގެ 27 ގައެވެ.
ޝިފާއު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން އޭނާ މިހާރު އުޅޭ އެޑްރެސް ހޯދުމަށް ޕީޖީގައި އެދުމުން ޝިފާއު، މިދިޔަ މަހުގެ 29 ވަނަ ދުވަހު ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށް ޕީޖީން ބުނެފައިވާކަމަށް ހައިކޯޓުން މިއަދު ކުރި ހުކުމްގައިވެއެވެ. އެހެންކަމުން ޝިފާއު އުޅޭ އެޑްރެހެއް އޮޅުންފިލުވުމަށްފަހު އޭނާ ހައްޔަރުން ދޫކޮށްްލަން ނިންމި މައްސަލަ އިސްތިއުނާފަށް ހުށަހަޅަން އަންގާ އެ މައްސަަލަ ހައިކޯޓުން ވަނީ އަނބުރާ ފޮނުވާލާފައެވެ.
އޭނާގެ މައްޗަށް ދައުވާކުރަނީ އިތުރު މީހަކާ ބައިވެރިވެގެން "ކިންގްޑަމް އޮފް ފުރުޓްސް" ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެމުދަލަށް ބޭރު ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ޙީލަތް ހަދާފައިވާ މައްސަލައިގައެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ 23 ދައުވާއަކީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދަޢުވާއާއި، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 7 ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ 7 ދަޢުވާއެކެވެ.
މި ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ޙުސައިން ޝިފާޢު މިކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އަށްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ.
ޕީޖީން ބުނީ ދައުވާގައި މި ފައިސާ ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވާނޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު