ރައްޔިތުންގެ މަޖިލީހުގެ މި ހިނގަމުންދާ ދައުރުގެ ފަހު 2 ޖަލްސާ ބޭއްވޭކަށް ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައިސް ނަޝީދު ވިދާޅުވީ މާދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭކަށް ނެތް ކަމަށެވެ. އެއީ ގަވާއިދު ބުނަނީ މަޖިލީހުގެ ރައީސާއި ނައިބް ރައީސް ފިޔަވައި އެހެން ބޭފުޅަކު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވޭނީ ވިދިވިދިގެން 3 ޖަލްސާގައި ކަމަށްވާތީ ކަމަށެވެ. އަދި މިއަދަށް އެ 3 ޖަލްސާ ހަމަވެއްޖެ ކަމަށާއި، މަޖިލިސްގެ ގަވާއިދުގައި ބުނަނީ ދައުރުގެ އެންމެ ފަހު ބުރާސްފަތި ދުވަހެއްގައި މަޖިލިސް ޗުއްޓީއަށް ދާނެކަމަށެވެ.
"އެހެންވީމާ މަޖިލިސް ޗުއްޓީއަށްދާނެ. ކުރިއަށް އޮތް 2 ޖަލްސާ ދެން ބޭއްވޭކަށް ނެތް." ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާތީ، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ކަމަށް މަޖިލީގެ ރައީސާއި ނައިބްރައީސް ވަނީ އަންގަވާފައެވެ. އަދި މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު މިފަހުން ބަލަހައްޓަވަމުން ގެންދަވަނީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބް ރައިސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެންގެވުމުން ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެކަން ކޮށްދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.
ނަޝީދު ވިދާޅުވީ މިހާރު ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްގެ އެޕޮއިންޓްމަންޓެއް ހޯއްދަވައިދެއްވުމަށް 15 ޖޫންގައި، އަމީންއާންމުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށެވެ. ނަޝީދު ވިދާޅުވީ މަޝްވަރާއާއެކީގައި ކަން ހިނގަންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އަދި މަޝްވަރާ ކުރުމަށް އަފީފަށް ދެންނެވީ އެމަނިކުފާނު ކަމަށާއި، ރައީސްގެ އަރިހަށް ވަޑައިގެންނެވުމުން، މަޖިލިސް ހުއްޓިފައިވާ މައްސަލަ ބައްލަވާނެ ކަމަށް ރައިސް ވިދާޅުވިކަމަށް ނަޝީދު ވިދާޅުވިއެވެ.
މަނިލީހުގައި މަރުތަޅު އެޅިފައިވާ މައްސަލައިގާ މަޖިލީހުގެ ރައީސާއި އެމަނިކުފާނަށް ތާއީދު ކުރަށްވާ މެންބަރުންނާއި އަދި ސަރުކާރަށް ތާއީދު ކުރާ މެންބަރުން އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކުރަމުން ގެންދާއިރު މަޖިލީހުގެ ޖަލްސާތައް ހުއްޓުނީ މަޖިމީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި ހިސާބުބްނެވެ. އެމައްސަލަ ހުއްޓިފައި ވަނިކޮށް އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު