މަބްރޫޫކް އަޒީޒު
މަބްރޫޫކް އަޒީޒު
ހިލޭ ޑިގްރީ އަށް ކިޔަވާ ދަރިވަރުންގެ ކޯސް ފީ އަށް ވާ ފައިސާ، ދެއްކުމުގައި ފަސޭހަގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޯވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބްރޫކް ޢަޒީޒް ވިދާޅުވީ އަންނަ އޭފްރީލް މަހުން ފެށިގެން ދަރިވަރުންގެ ކޯސް ފީ ސަރުކާރުން ދައްކައިދިނުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ޢަމަލު ކުރަމުން އައި އުސޫލްގެ ދަށުން ކޯސް ފީ ދައްކަން ޖެހެނީ ދަރިވަރު އަމިއްލަ އަށެވެ. އަދި އެއަށްފަހު ފައިސާ ދެއްކި ރަސީދާ އެކު މިނިސްޓްރީއަށް ހުށަހެޅުމުން ދަރިވަރުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްދެނީއެވެ.

މިއުސޫލަށް ބަދަލު ގެނައުމުން ކޯސްފީ ދެއްކުމާއި، ރީފަންޑް ހޯދުމުގައި ދަރިވަރުން މިހާރު އުފުލާ ތަކްލީފަށް ނިމުމެއް އަންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން