2008 ވަނަ އަހަރުން ފެށިގެން ނިމިދިޔަ ރިޔާސީ ދައުރުތަކާއި އަޅާބަލާއިރު މި ހިނގާ ރިޔާސީ ދައުރުގައި ގައުމުގައި ޖުމްލަ ގޮތެއްގައި ސިޔާސީ މިނިވަންކަން ފެނިފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ޕްރީ-އިލެކްޝަން އެސެސްމަންޓް 2023 ގެ އިބްތިދާއީ ހޯދުންތަކާއި ގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން، ބުނެފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ނިމިދިޔަ ރިޔާސީ ދައުރުތަކާއި އަޅާބަލާއިރު، މި ހިނގާ ރިޔާސީ ދައުރުގައި ގައުމުގައި ޖުމްލަ ގޮތެއްގައި ސިޔާސީ މިނިވަންކަން ފެނިފައިވާ ކަމަށެވެ. އަދި އިންތިހާބުގެ އިދާރީ ކަންކަމަށް ބަލާއިރު ހާމަކަންބޮޑު އަދި އިތުބާރުހިފޭ އިންތިހާބުތަކެއް ބޭއްވޭނެ ފަންނީ ގާބިލުކަން ހުރިކަން އިލެކްޝަންސް ކޮމިޝަނުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން އިންތިހާބު ބާއްވާ ދުވަހު ވޯޓުލުމުގެ ކަންކަން ރޭވިފައިވާ ގޮތުން ނިޒާމީ ގޮތެއްގައި ވޯޓު އޮޅުވާލުމުގެ ފުރުސަތު ކުޑަކަން ފާހަގަކުރެވޭ ކަމަށް ވެސަ އެ ޖަމިއްޔާއިން ބުނެފައި ވެއެވެ. އަދި ހާއްސަކޮށ،ް ވޯޓުލުމުގެ މަރުހަލާތަކުގެ ކަންކަން ބެލުމުގެ ފުރުސަތު މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކެންޑިޑޭޓުން ތަމްސީލުކުރާ މަންދޫބުންނަށް ހުޅުވިފައިވުމާއި، އަދި ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭނެފަދަ ސީރިއަސް ނިޒާމީ މައްސަލަތަކެއް ނެތްކަމަށްވެސް ގަބޫލުކުރެވޭ ކަމަށެވެ.
އެހެން ނަމަވެސް އިންތިހާބާ ކައިރިވަމުން އަންނައިރު ޔަގީންކަން ނެތް ކަންކަން ހުރިކަމާއ،ި ސިޔާސީ މަޝްރަހު ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު އިތުރު މައްސަލަތައް ފެންމަތިވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރެވޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު