މަޖިލީހުގެ މަރުތަޅު ނެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ބޭނުންކުރެއްވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.
މެންބަރު ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށެވެ. މިހިސާބަށް ކަންކަން ދިއުމުން ދައުލަތުގެ އެންމެ އިސް ވެރިޔާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އަޅުއްވަންޖެހޭ ފިޔަވަޅު އަޅުއްވަންޖެހޭ ހިސާބަށް ގޮސްވައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުތަކެވެ.
ޝަރީފް ވިދާޅުވީ 50 މެންބަރުން އިތުބާރު ނެތްކަމަށް ހުށަހެޅުމުން ގަދަ ބާރުން މުހައްމަދު ނަޝީދު ގާނޫނާއި ހިލާފަށް މަގާމުގައި ދެމި ހުންނަވާނަމަ މަޖިލީގުގެ ރައީސަށް އޮންނަ ހުރިހާ އިނާޔަތެއް ކަނޑާލަން ޖެހޭ ކަމަށެވެ.
"މަގާމުގަ އިތުރަށް ދެމި ހުރުމުގެ އެއްވެސް ހައްގެއް ނެތް. މަޖިލިސް ރައީސްކަމުގެ މަގާމުގައި ގަދަ ބާރުން ހިފަހައްޓައިގެން އުޅުއްވާ މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ އިމްތިޔާޒަށް ވެސް އަރައިވަޑައިގަންނަވާފަ، ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ އިތުރުން. މިއީ ގާނޫނީ ވެރިކަމެއް ރާއްޖެއިން ނެތިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި އަމަލެއް." މެންބަރު ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ ވެރިން، މުހައްމަދު ނަޝީދު މަޖިލިސް ހިސޯރުކުރެއްވި ގޮތަށް ކަން ކުރައްވަން ފައްޓަވައިފިއްޔާ ނިކުމެދާނެ ނަތީޖާ ހިތައްވެސް ގެންނަން އުނދަގޫ ކަމަށެވެ. އެހެން ވެއްޖެނަމަ މުޅި ނިޒާމު ބޮއްސުންލައިގެން ގޮސް ގާނޫނުގެ ވެރިކަމެއް ނޯންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއްވެސް މީހަކު މަޖިލިސް ހިސޯރުކުރުމަށް ދޫނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލިސް ހިސޯރުކޮށް ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ފުރުސަތު މުހަައްމަދު ނަޝީދަށް ދެވިއްޖެނަމަ ދައުލަތުގެ އެހެން ވެރިންނަށްވެސް އެ ފުރުސަތު ފަހިވެގެން ނުދާންވީ ސަބަބެއް ނެތް. މިީ ވަރަށް ނުރައްކާތެރި ކަމެއް." މެންބަރު ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް ހިތުހުރި ގޮތަކަށް ގާނޫނުގެ ބާރު ކަނޑުވާލާ ދައުލަތުގެ އެއްވެސް މުއައްސަސާއެއް ހިސޯރު ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. މުހައްމަދު ނަޝީދާއި ބައިވެރިން ވަނީ ގާނޫނުގެ ބާރު ކަނޑުވާލާ މަޖިލިސް ހިސޯރުކޮށްފައި ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު