އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށްވުރެ ޒިންމާދާރުކަމާއެކު ވަޒީފާ އަދާކުރައްވާ ދިވެއްސަކު ދެނެވަޑައި ނުގަންނަވާކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވީ ފުއާދު މަސައްކަތް ކުރައްވަނީ ބައެއްގެ ނުފޫޒުގައި ހުރެގެންކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަންގެ 2 މެމްބަަރަކު ކުރެއްވި ތުހުމަތުތަކަކާއި ގުޅިގެންނެވެ.
ކޮމިޝަނުގެ މެމްބަރުންތަކެއް އޭނާއަށް ތުހުމަތުތަކެއް ކުރައްވާކަމަށް ވިދާޅުވީ ފުއާދު އަމިއްލަފުޅަށެވެ. އެގޮތުން ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި އޭނާ މަސައްކަތް ކުރައްވަނީ ބައެއްގެ ނުފޫޒެއްގެ ދަށުގައި ހުރެގެންކަމަށް ކޮމިޝަނުގެ ދެ މެމްބަރަކު ތުހުމަތުކުރައްވާފައިވާކަމަށް ފުއާދު މިއަދު ވިދާޅުވިއެވެ.
ފުއާދަށް ތުހުމަތުތަކެއް ކުރެއްވިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ކުރީގެ ހާރިޖީ ވަޒީރު އަހުމަދު ޝަހީދު ވިދާޅުވީ އޭނާ ފުއާދު ދެނެވަޑައިގަންނަވާތާ 50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި ފުއާދަށްވުރެ ޒިންމާދާރުކަމާއެކު ވަޒީފާ އަދާކުރައްވާ އެހެން ބޭފުޅަކު ދެނެވަޑައިނުގަންނަވާކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
"އަޅުގަނޑު ފުއާދު ތައުފީގު ދަންނަތާ މިހާރު 50 އަހަރުވެއްޖެ. ފުއާދަށްވުރެ ވަޒީފާގެ ޒިންމާތައް އިޚްލާސްތެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރައްވަމުން ގެންދަވާ އެހެން ދިވެއްސަކު އަޅުގަނޑު ނުދަންނަން." އދގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ކުރީގެ ހާރިޖީ ވަޒީރު ޑރ.ޝަހީދު ވިދާޅުވިއެވެ.
ފުއާދަށް ތުހުމަތުތަކެއް ކުރެއްވިކަމަށް ވިދާޅުވިނަމަވެސް، އެ ތުހުމަތުތައް ކުރެއްވީ އިލެކްޝަން ކޮމިޝަންގެ ކޮން މެމްބަރުންނެއްކަމެއް ފުއާދު ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު