"ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ މިވަގުތު ދެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެމްޑީޕީން ވަކިވި ރައީސް ނަޝީދަށް ތާއީދުކުރާ ބަޔަކު އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް ޕާޓީއަށް 3000 މީހުންގެ ސޮއި ހަމަކޮށްގެން ހުށަހެޅުމުންވެސް ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ލަސްވާތީ އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ވެސް ދިޔައެވެ. އަދި ހުއްދަ ދިނުމާއި ގުޅޭގޮތުން ގޮތެއް ނުނިންމަނީސް އެތަނުން ނުދާނެކަމަށް އެ މީހުންވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ މިކަމާއި ގުޅިގެން ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް ޑިމޮކްރެޓްސް ޕާޓީ އުފައްދަން މިވަގުތު ހުއްދަ ދޭން ކޮމިޝަނުގެ ބައްދަލުވުމުގައި ފާހެއް ނުވިއެވެ.
ބައްދަލުވުމަށްފަހު ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިރޭގެ ބައްދަލްވުމުގައި ދެ ބޭފުޅަކު ވޯޓް ދެއްވީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް މިރޭ ހުއްދަ ދިނުމަށް ކަަމަށެވެ. ނަމަވެސް އަނެއް ދެ މެންބަރުން ވޯޓް ދެއްވީ މިރޭ އެ ހުއްދަ ދޭން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
ފުއާދު ވިދާޅުވީ ދެކޮޅަށް ވޯޓް ދެއްވި މެމްބަރުން ސަބަބެއް ކަަމަށް ވިދާޅުވީ ފޯމްތައް އިތުރަށް ޗެކު ކުރަން މަސައްކަތް ކުރުންކަމަށެވެ. އަދި ގާނޫނުގައި އެކަމަށް ތިންމަސް ދުވަސް ދޭތީ، އޭގެ ކުރީން އެ ބޭފުޅުން އެކަމާއި މެދު ގޮތެއް ނިންމަވަން ބޭނުންފުޅު ނުވާކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ހުއްދަ ދިނުމުގެ މަސައްކަތް އޭނާ ކުރައްވަނީ ނުފޫޒެއްގައި ހުރެގެންކަމަށްެވެސް ވޯޓް ދެއްވި ދެ މެމްބަރުން ތުހުމަތުކުރައްވާ ކަމަށެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށައެޅީ 3،565 މެންބަރުންގެ ފޯމާ އެކުގައެވެ. ފުއާދު ވިދާޅުވީ އޭގެތޭރޭގައ 3000 އަށްވުރެ ގިނަ ސައްހަ ފޯމް އެބަހުރިކަމަށެވެ. އަދި މައްސަލަ އުޅޭ ފޯމްތަކުގައިވެސް ހުރީ ކުދިކުދި މައްސަލަކަން ފުއާދު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު