ހިމަންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

އއ. ހިމަންދޫގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީއާއި ހިމަންދޫ ކައުންސިލާ އަދި ރަށުގެ މުވައްސަސާތަކުގެ އޮފިޝަލަންނާއި ރަށުގެ އާއްމު ރައްޔިތުން ބައިވެރިވިއެވެ.

ހިމަންދޫ ބަނދަރު ސަރަޙައްދުގައި ބިނާކުރާ މި މިސްކިތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މިސްކިތް ބިނާކުރުމަށް ދައުލަތުން 10,312,301.43 ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި މިސްކިތުގެ ނިންމުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެތެރޭގައެވެ.

މިސްކިތުގައި ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭނެ ޖާގަވެސް ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު