ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖެއަށް ތައާރަފް ކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިލާ ޓްރޭޑިންގގެ ދަށުން ހިންގަމުންދާ ވިލާމާޓުން މިދިޔަ އަންގާރަ ދުވަހު ވަނީ އޮޓިމާ ބްރޭންޑުގެ ޕާސްތާގެ ރަހަ ދައްކާލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ހުޅުމާލޭ ފޭސް ދޭއްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑު ކުރިއަށް ގެންދިޔަ މިހަރަކާތަށް އުއްމީދު ކުރިވަރަށްވުރެއް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަމަށް ވިލާމާޓުން ހާމަކޮށްފައިވެއެވެ.

މި ހަރަކާތުގައި ވިލާ މާޓުން ވަނީ ތިން ވައްތަރެއްގެ ޕާސްތާއާއި އެކަށީގެންވާ ތަފާތު ތިން ސޯސްއެއްގައި މި ޕާސްތާގެ ރަހަ ދައްކާލާފައެވެ. އެގޮތުން މިހަރަކާތަށް ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަކަމަށް ވިލާމާޓުގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި މިހަރަކާތުގެ ސަބަބުން މި ބްރޭންޑުގެ މޮޅުކަމާއި ރަހައިގެ ގޮތުން މީރުކަން އެތައް ކަސްޓަމަރުންނަށް ކަށަވަރުވެގެން ގޮސްފައިވާކަމަށް ވިލާމާޓުން ބުނެއެވެ.

އޮޓިމާ ބްރޭންޑަކީ ވިލާމާޓުން ދާދި ފަހުން ރާއްޖެއަށް ތައާރަފް ކުރި ބްރޭންޑެކެވެ. މި ބްރޭންޑުގެ އެކި ސައިޒްގެ އެކި ވައްތަރުގެ ޕާސްތާ ވިލާމާޓުގެ ފިހާރަތަކުން ލިބެން އެބަހުއްޓެވެ.

ވިލާ ޓްރޭޑިންގގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅޔ ހެޔޮ އަގެއްގައި ފަސޭހައިން ރައްޔިތުންނަށް ލިބިގެންދާނެގޮތް ހަމަޖެއްސުމެވެ. އަދި މިފަދައިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ އެކި ބްރޭންޑްތަކުގެ ޕްރޮޑަކްޓްތަކުގެ ރަހަ ދައްކާލުމަށް ވިލާ މާޓުން ދަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން މީގެ ކުރިން މާލޭގެ ޓީވީއެމް ކުރިމަތީ ހުންނަ ވިލާމާޓުގެ އިތުރުން ހުޅުމާލޭ ފޭސް ދޭއްގައިވެސް އެކި ޕްރިޑަކްޓްތަކުގެ ރަހަ ދައްކާލުުމުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެެއެވެ.

ވިލާ ޓްރޭޑިންގގެ މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ހުރި ދުވަަސްތަކުގައިވެސް ކުރިއަށްގެންދާނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ވިލާ ޓްރޭޑިންގގެ ދަށުން ހިންގަމުންދާ ވިލާމާޓްގެ 4 ސުޕަރމާޓެއް މާލެ އާއި ހުޅުމާލޭގައި މިހާރު ގާއިމުކޮށްފައިވާއިރު، ވިލާ މާޓް އިން ވިއްކާ ހުރިހާ އެއްޗެއް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ދޯނި ފަހަރުތަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު