ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި
ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި
ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މާދަމާ ހެނދުނާއި މެންދުރުފަހު މާލޭގެ ދެ ސަރަހައްދަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ މާލެ ހެންވޭރު ބައެއް ސަރަހައްދުތަކުން ހެނދުނާއި މެންދުރުފަހު ކަމަށެވެ.

އެގޮތުން ހެންވޭރުގެ މަޖީދީމަގު އަދި ދޭލިޔާހިނގުން ހިމެނޭ ސަރަހައްދުން 05 މެއި 2024 ވާ އާދީއްތަ ދުވަހު (މާދަމާ)ގެ ހެނދުނު 10:00 ން 12:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.



މީގެއިތުރުން، ހެންވޭރުގެ ކުރަނގި ގޯޅި، ކުރަނގި ހަނިގޯޅި އަދި ބޮޑުތަކުރުފާނުމަގު ހިމެނޭ ސަރަހައްދުން 05 މެއި 2024 ވާ އާދީއްތަ ދުވަހު (މާދަމާ)ގެ މެންދުރު 14:00 ން 16:00 ށް ކަރަންޓުގެ ޚިދުމަތް ދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.



ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން