ކައުންސިލްތަކުގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާ ބައެއް ކައުންސިލްތަކުގެ ބައި އިލެކްޝަންތައް މިއަދު ބާއްވާފައިވާއިރު 5 އިންތިހާބުގެ ތެރެއިން 4 ގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފިއެވެ.

މިއަދު ކުރިއަށް ގެންގޮސްފައިވަނީ، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ، ހއ. ތަކަންދޫ އަދި ރ. އިންނަމާދޫގެ ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރުމުގެ ވޯޓު ނެގުމެވެ.

މީގެ ތެރެއިން، އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ހަމައެކަނި ނ. ލަންދޫ ކައުންސިލްގެ ގޮނޑިއެވެ.

ހއ. އުތީމު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ، ޕީއެންސީގެ އިބްރާހީމް ސުނާންއެވެ. ނ. ލަންދޫގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރީ، އެމްޑީޕީގެ އާރިފެވެ.

ނ. ވެލިދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ އަބްދު ރައްޒާޤްއެވެ. ހއ. ތަކަންދޫ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ސަމީނާ މުޙައްމަދެވެ.

ރ. އިންނަމާދޫގެ ގޮނޑި ކާމިޔާބުކުރީ، ޕީއެންސީގެ އާއިޝަތު ސަމާހާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން