އިލްމުވެރިންނާއި އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ދެވަނަ ބުރުގެ ބައިވެރިން ފުރައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު މެންދުރު ފަހު ސައޫދީ އަރަބިއްޔާއަށް ފުރި ބެޗްގައި 18 ބައިވެރިން ހިމެނޭ ކަމަށެވެ. މި ބެޗްގެ ދަތުރު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 14 އާ ހަމައަށް ކަމަށް މިނިސްޓްރީ އިން ބުނެއެވެ. މިދަތުރުގައި ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާއާއި މަދީނާގެ ޚާއްސަ ތަންތަނަށް ވެސް ބައިވެރިން ޒިޔާރަތްކުރާނެ ކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.



އިލްމުވެރިންނާއި އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ފުރަތަމަ ބުރު ކުރިއަށް ގެންދިޔައީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ފަހަރު ސައުދީ އަށް ދިޔަ ޓީމްގައި 20 ބައިވެރިން ހިމެނުނެވެެ.

އިމާމުންނާއި ޚަޠީބުން ތަމްރީނުކުރަން މި އަހަރުގެ ތެރޭގައި މިސްރާއި މެލޭޝިއާ އާއި ބުރޫނާއި އަދި އިންޑޮނޭޝިޔާއަށް ވެސް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު