ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި
ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި
ކަރަންޓު ކެނޑެން މެދުވެރިވި މައްސަލަ ހައްލުކޮށް ހުޅުމާލޭ ރުއްގަނޑު ސަރަހައްދަށް ކަރަންޓް ދީފިއެވެ.

ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުން މިރޭ ބައިގަޑިއިރެއްހާއިރަށް ކަރަންޓު ކެނޑިގެން ދިޔައެވެ. ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

އަދި މިހާރު މިމައްސަލަ ހައްލުކޮށް ހުޅުމާލޭ ރުއްގަނޑު ސަރަހައްދަށް ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.



ކުއްލިއަކަށް ދިމާވާ މިފަދަ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއިން ވީއެންމެ އަވަހަކަށް މަސައްކަތް ކުރާ ކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން