ޔޫރަޕިއަން ޔޫނިއަންއާއި، އިލެކްޝަންސް ކޮމިޝަނާ ދެމެދު އެޑްމިނިސްޓްރޭޝަން އެރޭންޖްމަންޓެއްގައި ސޮއިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބު 2023 އޮބްޒާވް ކުރުމަށް، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް އެރުވި ދަޢުވަތުގެ ތެރެއިން، ޔޫރަޕިއަން ޔޫނިއަންއަށް އެރުވި ދަޢުވަތު ގަބޫލުކުރެއްވުމާ ގުޅިގެން، އީ.ޔޫ އާއި، އީ.ސީ އާ ދެމެދު އެޑްމިނިސްޓްރޭޝަން އެރޭންޖްމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމުގެ ދައުވަތު 15 ޤައުމަކަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވެއެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ފޮނުވި ޤައުމުގެތަކުގެ ތެރޭގައި ޖޯޖިއާ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލޭންޑް، ސައުތު ކޮރެއާ، ސައުތު އެފްރިކާ، ކިރިގިސްތާން، އަދި ހޮންޑޫރަސް ހިމެނެއެވެ. އަދި ސްރީލަންކާ، ބޮސްނިއާ، އޮސްޓްރޭލިއާ، ޖޯޑަން، ކެނެޑާ، ޖަޕާން އަދި ނޭޕާލްގެ އިލެކްޝަން އިދާރާއަށްވެސް ވަނީ ދައުވަތު ފޮނުވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ލިސްޓުގައިވާ ގޮތުން 282755 މީހަކަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު