ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ޕާޓީތަކުގެ އިންތިހާބުގައި ވޯޓްލެވޭ ގޮތަށް އުސޫލުތައް ބަދަލުކޮށްފިއެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުން އަމަލު ކުރަމުން އަންނަ މުވައްޒަފުންގެ ގަވާއިދުގައި އެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އެއްވެސް ގޮތަކަށް ބައިވެރިވުން މަވަނީ މަނާކޮށްފަައެވެ.
އެގޮތުން ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރުމާއި ވަޒީފާއެއް އަދާ ކުރުމާއި ޕާޓީއެއްގެ ގުނަވަނެއްގެ މެންބަރަކަށް ވުމާއި ޕާޓީތަކުން ތައްޔާރުކުރާ ޕެޓިޝަންތަކުގައި ސޮއި ކުރުމާއި ވޯޓްލުންވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މިހާތަނަށް އޮތީ މަނާކޮށްފައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިދިޔަ ބުރާސްފަތިދުވަހު އާންމުކުރި ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ސިޔާސީ ހަރަކާތްތަކުގައި މުވައްޒަފުން ބައިވެރިވުމާ ބެހޭ ބާބު އެކީ އުވާލައިފައެވެ.
އެ އުސޫލުގައި މިހާރު ލިޔެފައި ވަނީ ޝަރުއީ ދާއިރާގެ އިތުބާރަށް އުނިކަން އަތުވެދާނެ ފަދަ ކަންކަމުން ދުރުވާން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ހަރަކާތްތައްވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ހަރަކާތެއް ހިންގާ ޖަމިއްޔާއެއެއް ނުވަތަ ޖަމާއަތެއްގެ މެންބަރަކަށް ވުމާއި ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާކޮށްފައެއްނެތެވެ.

ކިޔުންތެރިންގެ ހިޔާލު