ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިންގަޕޫރަށް ވަޑައިގެންނެވީ ބުރާސްފަތިދުވަހުއެވެ. ނުރަސްމީ ދަތުރުފުޅަކަށްވާތީ، މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ މިރޭކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ރައީސް ސާލީހު ވާދަކުރައްވާއިރު އީދު ބަންދަށްފަހު ރިޔާސީ ކެމްޕެއިން ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު