ވަކި މީހަކު ވަށައިގެން އެނބުރުނު މީހުން ވަކިވި ހިސާބުން އެމްޑީޕީ މާބޮޑަށް ވަރުގަދަވެފައިވާކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވީ ކަނބަލުންނަށް އަމާޒުކޮށްގެން އެމްޑީޕީގެ އަންހެނުންގެ ރޫހުން މިއަދު ބޭއްވި ވޯކްޝޮޕުގެ ކާމިޔާބީ ފާގަގަ ކުރައްވަމުންނެވެ.
މޫކޭ ވިދާޅުވީ މިފަދަ ކޮންމެ ހަރަކާތަކުން ސާފުވަނީ އެމްޑީޕީއަކީ މީހެއް ނޫންކަމެވެ. އަދި އެމްޑީޕީއަކީ މީހެއްކަމަށް ދެކުނު މީހުން ޕާޓީން ވަކިވި ހިސާބުން އެމްޑިޕީގެ ޑިމޮކްރަސީ ވަރުގަދަވެ، ޕާޓީގެ ދޮރު މާބޮޑަށް ހުޅުވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން ހޮނިހިރު ދުވަހު ބޭއްވި ވޯކްޝޮޕަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯ އެކުލަވާލުމުގައި އަންހެންކަނބަލުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވި ވޯކްޝޮޕެކެވެ.
ވޯކްޝޮޕް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ރަނގަޅުކުރަން ޖެހޭކަމަށް ފެނިވަޑައިގަންނަވާ ކަންކަމަކީ ކޮބައިތޯ ބަލައި، އެމްޑީޕީ ސަރުކާރު އެކުލަވާލުމުގެ އިތުރަށް އަންހެން ބޭފުޅުންނަށް އެހީތެރިވެދެއްވުމަށްޓަކައި އަދި އަންހެން ބޭފުޅުންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި އިތުރަށް ކޮށްދެވިދާނެ ކަންކަމަކީ ކޮބައިތޯ ބެލުމެވެ.
މިވޯކްޝޮޕްގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

Mi komme harakaathakun saafu vanee MDP akee meeheh noonkan. Party akee Meeheh kamah dhekunu meehun nukumegen dhiumaa eku hageegee maanaagai dhivehi rayyithunge democratic party ah MDP badhaluve partyge dhoru maa thanavaskoh hulhuvijje.#MDPKuriah pic.twitter.com/aeqXwLvcwZ
— Moosa Ali Manik 🇲🇻 (@VMookey) June 17, 2023
އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން ހޮނިހިރު ދުވަހު ބޭއްވި ވޯކްޝޮޕަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯ އެކުލަވާލުމުގައި އަންހެންކަނބަލުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވި ވޯކްޝޮޕެކެވެ.
ވޯކްޝޮޕް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ރަނގަޅުކުރަން ޖެހޭކަމަށް ފެނިވަޑައިގަންނަވާ ކަންކަމަކީ ކޮބައިތޯ ބަލައި، އެމްޑީޕީ ސަރުކާރު އެކުލަވާލުމުގެ އިތުރަށް އަންހެން ބޭފުޅުންނަށް އެހީތެރިވެދެއްވުމަށްޓަކައި އަދި އަންހެން ބޭފުޅުންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި އިތުރަށް ކޮށްދެވިދާނެ ކަންކަމަކީ ކޮބައިތޯ ބެލުމެވެ.
މިވޯކްޝޮޕްގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު