ޖޭޕީއަކީ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދޭނެ ޕާޓީއެއްކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ޒުވާނަކު ޖޭޕީއާ ގުޅުމުން އެކަން ފާހަގަ ކުރަށްވަމުންނެވެ.

އެމްޑީޕީގެ ގަމު ދާއިރާގެ އިސް ސަފުގައި ހަރަކާތް ތެރިވަމުންދިޔަ ޒުވާނެއްކަމަށްވާ އިސްމައިލް ވަހީދު ވަނީ އިތުރު 100 ޒުވާނުންގެ ފޯމާއެކު މިއަދު ޖޭޕީއާ ގުޅިވަޑައިގެންނަވާފައެވެ.



ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ޒުވާނުނަށް ފުރުސަތު އޮތް، ޒުވާނުނަށް ހެޔޮ މަގު ދައްކާނެ ޕާޓީއެއްކަމަށެވެ.

ޖުމްހޫރީ ޕާޓީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ މުއްދަތުގެ ތެރޭގައިވެސް އެ ޕާޓީއަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ގުޅިފައެވެ. އޭގެތެރޭގައި ރާއްޖޭގެ އެކި ދާއިރާތަކުން ކަމުވޮށިގެންވާ ގިނަ ބަޔަކު ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު