ވާވެއްދިފަޅު ކުއްޔަށް ދިނުން ބަޔަކު ހުއްޓުވާފައިވަނީ ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިނަށް ހުރަސް އަޅަންކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް އެކަން ކުއްވެރިކުރަށްވައިފިއެވެ.

ހައިލަމް ވިދާޅުވީ ‏ކ. ވާވެއްދިފަޅު ކުއްޔަށް ދިނުމަށްޓަކައި ދައުލަތުން ވިލާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަށް އިޙްތިރާމްކޮށް، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތުގެ މައްޗަށް 18 އެޕްރީލް 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައިވާކަމަށެވެ. އަދި

ކ. ވާވެއްދިފަޅު، ވިލާ ކުންފުންޏަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާކަމަށް އޮކްޓޫބަރު 2018 ގައި އޭސީސީންވެސް ނިންމާފައިވާކަން ހައިލަމް ފާހަގަކުރެއްވިއެވެ.



ހައިލަމް ވިދާޅުވީ ސުޕްރިމް ކޯޓާއި އޭސީސީން މިމައްސަލަ ނިންމާފައިވަނިކޮށް، ކ. ވާވެއްދިފަޅާ ގުޅިގެން ވިލާ ކުންފުނިން އެއްވެސް މުޢާމަލާތެއް ނުހިންގުމަށް އޭސީސީއިން ވިލާ ކުންފުންޏަށް އަންގާފައި ވަނީ ޖޭޕީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް 2023 ވަނަ އަހަރުގެ ރިޔާސީ އިންތީޚާބަށް ކުރިމަތިލައްވާނެކަން އިޢުލާންކުރެއްވުމުން އެމަނިކުފާނުގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުންކަމަށެވެ.

ހައިލަމް ވިދާޅުވީ މިއީ ސަރުކާރުން ވާގިވެރިވެ އަދި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ހިންގާ ހުތުރުކަން ބޮޑު ސިޔާސީ އަމަލެއްކަމަށެވެ. އަދި އެ ފިނޑި ޢަމަލު ޖުމްހޫރީ ޕާޓީގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު