ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަޑުފުޅުން ވިދާޅުވެފައިވާ އަސަރުގަދަ ދިވެހި ލޯބީގެ ލަވައެއް ސޯޝަލް މީޑިއާއަށް ދޫކޮށްލަވައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ރައީސް ނަޝީދު ވިދާޅުވެފައިވާ ލަވައަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރު 1990 ގެ އަހަރުތަކުގެ ތެރޭގައި ނެރުނު "ހަންހާރަ" އަލްބަމަށް ކިޔާފައިވާ "ލޯބީގެ ހާދިސާ،" މިލަވައެވެ. 

މި ލަވައަކީ ރައީސް ނަޝީދަށް މިވަގުތު ސިޔާސީ ގޮތުން ވެސް ދިމާވެފައިވާ ހާލަތާއި ވަރަށް ގުޅޭ ލަވައެއް ކަމަށް ގިނަ ބަޔަކު ބުނެއެވެެ.





އެގޮތުން އެ ލަވައިގައި ރައީސް ނަޝީދު ވިދާޅުވަނީ "ތަގުދީރުގައި މިހެންވީ ހަމަޖެހިފައިވީމަތާ... ހިތިހަަބަރު ލިބިފަ ވީމާ ހިތުގާ ޖެހޭނެތާ،" މިފަދަ ވާހަކަތަކެކެވެ. 

ބައެއް މީހުންވަނީ ރައީސް ނަޝީދުގެ އަޑުން ވިދާޅުވެފައިވާ ލަވައަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެެވެ. އަނެއްބަޔަކު މައްލަވަވެސް ކޮށްފައި ވެއެވެ.

ރައީސް ނަޝީދު ޝޯޝަލް މީޑިޔާއަށް އަސަރުގަދަ ލަވައެއް ދޫކޮށްލާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ދުރުކުރުމަށް 55 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު