ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރަަށް ވުރެ ބޮޑަށް އަންހެން ކަނބަލުންގެ އަޑުއެހި ސަރުކާރެއް ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯ އެކުލަވާލުމުގައި އަންހެންކަނބަލުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މިއަދު ފެށި ވޯކްޝޮޕެއްގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވީ ހިނގަމުންދާ މި ފަސްއަހަރުގެ ސަރުކާރަކީ އަންހެނުންގެ އަޑު އެންމެ ބޮޑަށް އެހި ސަރުކާރު ކަމަށެވެ. އެގޮތުން މި ވޭތުވެ ދިޔަ ފަސްއަހަރު ސަރުކާރުން ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން އަންހެންކަނބަލުންގެ އަޑުއެއްސެވި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް ސާލިޙު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކެބިނެޓް އެކުލަވާލެއްވި ހިސާބުން ވެސް އެމަނިކުފާނު އަންހެންކަނބަލުންނަށް ދެއްވާ ސަމާލުކަން ހާމަވެގެންދިޔަ ކަމަށެވެ.
"އަލަށް ދިވެހި ރާއްޖޭގައި ކަނޑައެޅިގެންދިޔަ ކެބިނެޓަށް 30 ޕަސެންޓް އަންހެން ބޭފުޅުންނަށް ހާއްސަ ކުރެވިގެންދިޔަ ތަން ފެނިގެންދިޔައީ، އެހިސާބުން ވެސް އަޅުގަނޑުމެންނަށް އެނގުނު ރައީސް އަންހެނުންނަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަން. އެއަށްފަހު ކަމަކަށްފަހު ކަމެއް ކޮށްދެއްވަމުން ގެންދެވީ އަޅުގަނޑުމެން އަންހެނުންގެ ހިއްސާއާއެކު." ރޮޒެއިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީއަކީ އެޕާޓީގެ މެމްބަރުންގެ އަޑުއަހައިގެން މެނިފެސްޓޯ އެކުލަވާލާ ޕާޓީއެއް ކަަމަށެވެ. ރޮޒައިނާ ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށްޓަކައި އެމްޑީޕީން ތައްޔާރު ކުރެވުނު މެނިފެސްޓޯގައި އަންހެނުންގެ އަޑު އުފުލައި އަންހެނުންގެ ތަރައްޤީއަށާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ގިނަ ކަންތައްތަކެއް އެކުލަވާލާފައިވާ ކަމަށެވެ.
އެހެންކަމުން މި ވޯކްޝޮޕަމީ އެމެނިފެސްޓޯގައި އެކުލަވާލެވިފައިވާ ސިޔާސަތުތަކުގެ ތެރެއިން އަންހެން ބޭފުޅުންނަށް ހާއްސަކޮށްފައިވާ ކަންކަމާއި މެދު ހިޔާލު ހޯދުމަށްޓަކައި ބޭއްވި ވޯކްޝޮޕެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ވޯކްޝޮޕް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ރަނގަޅުކުރަން ޖެހޭކަމަށް ފެނިވަޑައިގަންނަވާ ކަންކަމަކީ ކޮބައިތޯ ބަލައި، އެމްޑީޕީ ސަރުކާރު އެކުލަވާލުމުގެ އިތުރަށް އަންހެން ބޭފުޅުންނަށް އެހީތެރިވެދެއްވުމަށްޓަކައި އަދި އަންހެން ބޭފުޅުންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި އިތުރަށް ކޮށްދެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާލުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު