މިއަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު އޮތް ކޯލިޝަން މިހާރު ވެސް ކުޑައެއް ނޫން ކަމަށާއި އެހެންވެ ހާސްކަމެއް ވެސް ނެތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެ އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް ކޯލިޝަން ހަދާފައިވަނީ ސަރުކާރު ކޯލިޝަންގައި މިހާރު ވެސް އޮތް އަދާލަތު ޕާޓީ އާއި މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރަވެރިޔާ މުހައްމަދު ސިޔާމް (ސަން ސިޔާމްގެ) އެމްޑީއޭ އިންނެެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ އެމްޑީޕީއާ އެކު މިއަހަރުގެ ރިޔާސީ އިންތިހާބަށް ނިކުންނަން ހަދާފައިވާ ކޯލިޝަން ކުޑަ ނޫން ކަމަށެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) ނެތްތަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް އެމްޑީއޭ އިން ފޫބައްދައިދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ޖޭޕީގެ ބަދަލުގައި ހަމަ އެވަރުގެ އަނެއް ޕާޓީ އެމްޑީއޭ އެ އޮތީ އެމްޑީޕީއާ އެކީ ކޯލިޝަން ހަދާފައި، ވީމާ މި ފަހަރު ވެސް ކޯލިޝަން ވަކި ކުޑައެއް ނޫން. ހާސްކަމެއް ނެތް." ޝަރީފް ވިދާޅުވިއެވެެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ޖުމުހޫރީޕާޓީ ނެތަސް އެމްޑީޕީ އަށް މިހާރު ވާނެ ގެއްލުމެއް ނެތް ކަމަށާއި އެ ޕާޓީން މިހާރު ސަރުކާރުން ވަކިވާން ވެސް ޖެހޭ ކަމަށެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މިހާރު ސަރުކާރާ އެކީ ހުންނެވުމަށް ބޭނުން ނުވާ ކަމަށް އެޕާޓީގެ އިސްބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ ސަރުކާރާ އެކީ ޖޭޕީ މަސައްކަތް ކުރަން ބޭނުން ނުވާނަމަ އިރުއިރުކޮޅާ އެހެން ނުކިޔައި ސަރުކާރުން ވަކިވީމާ ނިމުނީ ކަމަށެވެ.
ބޮޑު އީދު ބަންދަށްފަހު ރައީސް ސާލިޙުގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަަށް ވަނީ ނިންމާފައެވެ. އެގޮތުން އީދަށްފަހު ކެމްޕޭނަށް ރައީސް އަތޮޅުތެރެއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު