ޑިމޮކްރަސީ ކުރިއެރުވުމުގައި ރާއްޖެއަކީ ސަރަހައްދީގޮތުން ލީޑަރެއްކަމަށް ވިދާޅުވެ، އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ރާއްޖެއަށް ތައުރީފްކުރައްވައިފިއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މިހެން ވިދާޅުވީ، އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ވަޑައިގެން އުޅުއްވާ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.



މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ ރާއްޖެއާއި އެމެރިކާއިން ބާއްވާ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި އަޅުން ގާއިމްކުރުމާއި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރުމުގެ މަސައްކަތުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ ޑިމޮކްރަސީ ކުރިއެރުވުމުގައި ސަރަހައްދީ ގޮތުން ރާއްޖެއަކީ ލީޑަރެއްކަމަށް ވިދާޅުވެ އެމަސައްކަތަށް ތައުރީފް ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ އިތުރު ދާއިރާތަކުން ރާއްޖެއާއެކު ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު