ތަރައްޤީގެ ރޮނގުން ރާއްޖެ އިތުރު ހަރުފަތަކަށް ގޮސް، އައު އުސްމިންތަކަކަށް ނުދެވި އޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްފަދަ ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ނުދީ އޮތުމުންކަމަށް ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ލުބްނާ ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ރައްޔިތުން މިއަދު ބޭނުންވަނީ އެ މީހުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދީ، ޤައުމުގެ އިސްތިގްލާލާއި މިނިވަންކަންް ރައްކާތެރިކޮށްދޭނެ ވެރިއެއްކަމަށެވެ.
ލުބްނާ ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ރައްޔިތުން ވޯޓްދޭނީ ކޮރަޕްޝަނާއި ދެކޮޅަށް، އަޅުވެތިކަމާއި ދެކޮޅަށް އަދި ގެއްލިފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އަނބުރާ ހޯދުމަށްކަމަށެވެ. މީގެއިތުރުން ރައްޔިތުން ބޭނުންވަނީ ރާއްޖޭގެ އަދުލް އިންސާފުގެ ދާއިރާ މިިނިވަންކޮށް، އަދުލް އިންސާފު ޔަގީން ކޮށްދޭނެ ވެރިއެއްކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.
ރާއްޖޭގެ އުުުތުރާއި ދެކުނުގައި އިޤްތިޞާދީ އެއްވެސް މަސައްކަތެއް ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ނުވާކަން ފާހަގަކުރައްވަމުން ލުބްނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ އުތުރާ ދެކުނުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ޤާއިމްކޮށް، އިޤްތިޞާދީ ހަބުތަކަކަށް ހަދާނެކަމަށެވެ.
"މިހާތަނަށްވެސް މިފަދަ ކަމެއް ކުރެވިފައި ނެތީ، އިޤްތިޞާދީގޮތުން އިތުރު އުސްމިންތަަކަކަށް ނުދެވި އޮތީ ގާސިމްފަދަ ބޭފުޅަކަށް ރައްޔިތުންނަށް ފުރުސަތު ނުދެވި އޮތީމަ." ލުބްނާ ވިދާޅުވިއެވެ.
ލުބްނާ ވިދާޅުވީ ޤައުމެއްގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމާއި ޓޫރިޒަމަށް ބަރޯސާވެފައި އޮތުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ސިނާއަތްތަކުންވެސް އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރާނެކަމަށް ލުބުނާ ވިދާޅުވިއެވެ.
ލުބްނާ ވިދާޅުވީ ޓްރާންޝިޕްމަންޓް ބަނދަރުތަކާއި ބަންކަރިންގެ ޚިދުމަތްތަކަކީ ހުވަފެނީ ކަމެއްގެ ބަދަލުގައި ހަޤީޤަތަކަށް ހައްދަވައިދެއްވާނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު