ރައްޔިތުންގެ މަޖިލިސް މަރުތަޅު އެޅި ޖަލްސާތައް ހުއްޓިފައިވާ މައްސަލައިގައި މަޝްވަރާކޮށްގެން ހައްލު ނުހޯދޭނެ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށައެޅި ފަހުން މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އެމްޑީޕީގެ މަޖިލިސް މެމްބަރުން ތަކެއް ޕާޓީން ވަކިވުމާއި ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް އައި ބަދަލާއި ގުޅިގެން ކޮމެޓީތަކުގެ މަސައްކަތް ވެސް ހުއްޓި މަޖިލިސް ވަނީ ޑެޑްލޮކަށް ގޮސްފައެެވެ.



އެގޮތުން މިހަފުތާގައި ބޭއްވި ޖަލްސާ ވެސް ހޫނުވެގެން ޕާޓީތަކުގެ ބޭފުޅުންނާއި މަޝްވަރާކުރެއްވުމަށް ކަމަށް ވިދާޅުވެ ރިޔާސަތުން ވަނީ މަޖިލިސް މެދުކަނޑާލާފައެެވެ.

އެމައްސަލަ އާއި ގުޅިގެން ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވީ މަޖިލިސް މަރުތަަޅު އެޅިފައިވާ މައްސަލައިގައި މަޝްވަރާކޮށްގެން ހައްލު ނުހޯދޭނެ ކަމަށެވެ. އަދި މަޖިިލީހުގެ ގަވާއިދަށް އެމްޑީޕީން ހުށައަޅާފައިވާ އިސްލާހުތަށް ފާސްވުމުން އެމައްސަލަ ހައްލު ކުރެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.

މަޖިލިސް ކުރިއަށް ނުގެންދެވޭ މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރަން ޖަލްސާ މެދުކަނޑާލީ ކަމަށް ރިޔާސަތުން އިއުލާންކުރި ނަމަވެސް އެ މަޝްވަރާތައް ކުރިއަށް ނުގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އިކްރާމް ވިދާޅުވީ މަޖިލީހުގައި މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރެވޭނެ މާހާއުލެއް ނެތް ކަމަށާއި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ މަޝްވަރާ ކޮށްގެން "ކޮޅެއްގައި" ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ އެންމެ ބޮޑު ޑިމްކޮރަޓިކް މުވައްސަސާ. އެތާގެ ވޯޓް ނަގަންޖެހޭ ހުރިހާ ކަމަކަށް އަޅުގަނޑުމެންނަށް އެއްބަހެއް ނުވެވޭނެ. އެއްބަސްނުވެވޭ ހާލަތުގައި ވޯޓެއް ނަގަން އެ ވޯޓުން ކާމިޔާބުކުރެވޭ ގޮތަށް ކަންކަން ނިމިގެންދާންޖެހޭނީ. އެ ފުރުސަތެއް ނެތެއް ނެތް އެފުރުސަތު ނުލިބޭނަމަ ދެން ކިހިނެއްތޯ މަޖިލިސް ކުރިއަށްދާނީ، އެ ފުރުސަތު ނުދެއްވަން މި ތެދުވަނީ މަޖިލީހުގެ މަދު މެމްބަރުން ކޮޅެއް. އެހެންވީމަ މި ދަންނަވަނީ މަޖިލިސް އޮތީ ހިސޯރުކުރެވިފައޭ ހައިޖެކް ކުރެވިފައޭ މިއީ އެއްގޮތަކަށް ދެކެން ބޭނުންވާ މަންޒަރެއް ނޫން،" އިކްރާމް ވިދާޅުވިއެެވެ

މަޖިލިސް ހުއްޓުވާފައިވާ މައްސަލައަށް ހައްލު ހޯދުމަށް ގަވާއިދަށް އެމްޑީޕީން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ ބޭފުޅަކު ކަނޑައެޅުމުގެ ބާރު މަޖިލީހުގެ އަމީން އާންމަށް ދިނުން ހިމެނެއެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރަކާ މެދު ބަހުސް ކުރާ ޖަލްސާގައި މެންބަރުންނަށް ވާހަކަ ދައްކާނޭ ވަގުތު ކަނޑައެޅުމުގެ ބާރު ވެސް އަމީން އާންމަށް ދިނުމަށް އެމްޑީޕީން ހުށަހެޅި އިސްލާހުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު