މޫސާ ޢަލީ (ހާސާ)   16 ޖޫން 2023 - 8:38
ސްރީލަންކާ ރުޕީސްގެ އަގު އަނެއްކާވެސް ދަށަށްދާން ފަށައިފިއެވެ.

އެގައުމުގެ ސްޓޭޓް މިނިސްޓަރ ފޮރ ފިނޭންސް، ރަންޖިތް ސިޔަމްބަލަޕިޓިޔަ ވިދާޅުވި ގޮތުގައި ރުޕީސްގެ އަގު ދަށަށްދާން ފެށީ އިމްޕޯޓުކުރުމުގެ ހުއްދަ އޮންނަ މުދަލުގެ ބާވަތްތައް ސަރުކާރުން އިތުރުކުރުމާއި ގުޅިގެންނެވެ.



ރަންޖިތް ވިދާޅުވި ގޮތުގައި ޑޮލަރެއް ގަންނަން، ހޯދަންޖެހޭ ރުޕީސްގެ އަދަދު ގިނަވެގެންދާދިއުމަށް ހައްލެއްހޯދުމުގެ މަސައްކަތް މަރުކަޒީ ބޭންކުން މިހާރު ދަނީ ކުރަމުންނެވެ. މިފަހަކުން ރުޕީސްގެ އަގު މަތިވެލުމަށްފަހު ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި ރުޕީސްގެ އަގު ދަށަށް ދިޔުމާއި ގުޅިގެން މިހާރު ޑޮލަރަކަށް ތިން ސަތޭކަ ރުޕީސް ލިބެއެވެ. ރަންޖިތް ވިދާޅުވި ގޮތުގައި، މިއީ ޢާންމުން ކަންބޮޑުވެ، ބިރުގަންނަންޖެހޭ ކަމެއް ނޫނެވެ.

"ޑޮލަރުގެ އަގަކީ ލިބެންހުރިވަރާއި ބޭނުންވާވަރާއި ދެވަރުވެގެން ކަނޑައަޅާ ކަމެއް. މި ފަހަކުން މަރުކަޒީ ބޭންކުންވަނީ ތިން ބިލިއަން ޑޮލަރު ހޯދާފައި. ނަތީޖާއެއްގެ ގޮތުން ، މިހާރު ހުރި އަގުގައި ޑޮލަރުގެ އަގު ހިފެހެއްޓިގެން އެބަދޭ. ނުހިފެހެއްޓުނުނަމަ، މިއަށްވުރެ މާ ބޮޑަށް ޑޮލަރުގެ އަގު މަތިވެގެންދާނެ." ރަންޖިތް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު