ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ އިތުރު މީހަކު ރަނގަޅުވެ، ރާއްޖެއިން މި ބަލި ޖެހިގެން ރަނގަޅުކުރެވުނު މީހުންގެ ޢަދަދު 9 އަށް އަރާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކޮށްފައިވަނީ ޑޮކްޓަރުންގެ ޓީމްގެ ފަރާތުން ޑރ. މުޙައްމަދު ޢަލީ އެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 13 މީހުންގެ ތެރެއިން އެކްޓިވް ކޭސް ގެ ގޮތުގައި ތިބީ 4 މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން