ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7000 ހައުސިންގ ޔުނިޓް ފުލެޓްތައް އޭގެ ހައްގުވެރިންނަށް ދިނުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. މިމައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 45 މެމްބަރުންގެ ވޯޓުންނެވެ. މިމައްސަލާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ބިނާކޮށްފައިވާ ފްލެޓްތައް ހަވާލުކުރުން މިސަރުކާރުން ލަސްކުރަމުން އަންނަ ކަމަށެވެ. އަދި ފްލެޓްތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ރައްޔިތުން ތިބިއިރު އަދިވެސް އެތަނަށް ވަދެވޭނެ ވަކި ދުވަހެއް މި ސަރުކާރަށް ބުނެނުދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެފައިވާ އެއްވެސް ވައުދެއް އަދާއިހަމަޔަށްވެސް ހާސިލްނުވެ، ފެއިލްވަމުންދާއިރު ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓްތައް ނުދީ ލަސްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫކަމުގައި ޝިޔާމު ވިދާޅުވިއެވެ. އެފުލަޓާއިމެދު ސަރުކާރުން ކިތަންމެ ނުރުހުނަސް ފްލެޓް ބޭނުންވާ އެތައް ރައްޔިތުންތަކެއް މިއަދުވެސް ތިބިކަމަށެވެ. ސަރުކާރަށް މި ފްލެޓްތައް ކަމުނުދިއުމަކީ ރައްޔިތުންނަށް ފްލެޓް ނުލިބެންވީ ސަބަބެއް ނޫންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ މި ފްލެޓްތަކަކީ ޖާގައިގެ ގޮތުން ކުޑަތަންތަނަށްވުމުގެ އިތުރުން ތަނުގެ އިޖުތިމާއީ ކަންކަންވެސް ހުރީ ވަރަށް ދަށު ދަރަޖާގައިކަަމަށެވެ. މަޖިލިސް ކޮމިޓީތަކުން ހިޔާ ފްލެޓަށް ޒިޔާރަތްކޮށް ކުރި ދިރާސާތަކުން އެތަނަކީ އިންސާނުން އުޅުމަށްވުރެ ގޯސްހާލަތުގައި ހުރި ތަންތަންކަމުގައި މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.

ބޯހިޔާވަހިކަމާއި، ފްލެޓްތަކަކީ އެމްޑީޕީން ރައްޔިތުންނަށް ގެނައި ތަސައްވަރެއްކަމަށާއި، މިމަސައްކަތް އެންމެ ފުރަތަމަ ރާއްޖޭގައި ކޮށްފައިވަނީވެސް ރައީސް ނަޝީދުގެ ވެރިކަމުގައިކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އަޅާފައިވާ ހިޔާ ފްލެޓަކީ އެތަނުގެ ޖާގައާއި، ތަނުގެ ހުރި ވަސީލަތްތަކަށްބަލާއިރު އަގުވެސް ބޮޑުތަނެއްކަމަށް މެންބަރުން ވިދާޅުވިއެވެ.

ފްލެޓްތަކުގެ އިމާރާތުގެ ސްޓްރަކްޗަރ މަސައްކަތްތައް މިހާރުވަނީ މުޅިންހެން ނިމިފައެވެ. މިހާރު ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ ޔޫޓިލިޓީ އާއި ގުޅުންހުރި މަސައްކަތްތަކެވެ. މި ޕްރޮޖެކްޓްގެ ދަށުން 25 ބުރީގެ 16ޓަވަރުގެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ އިމާރާތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


27

އާދަމް

06-Jul-2020

ޝިޔާމް އަށް ހިނގާ އުޅެވޭތޯ? ވަރަށް ބޮޑަށް އަނިޔާވި ވާހަކަ ވެސް ނޫހަކުން ދުށިން.



ޓްރެންޑިން