ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި 3 މީހުން ހައްޔަރުކޮށްފައިވާއިރު ބަންދުގެ މުއްދަތު އިތުރުކުރީ މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި 21 އަދި 22 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ހާޒިރުކުރުމުން މިއަދު ވަނީ އެ ދެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ދީފައެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުންދިޔަ މީހަކު މިދިޔަ އަންގާރަދުވަހު އަމިއްލައަށް ފުލުހުންނާއި ވަނީ ހަވާލުވެފައެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ މަސް ދުވަސް ދީފައެވެ.

މެމްބަރު ޒަރީރަށް 5 މީހުންގެ ގްރޫޕަކުން ހަމަލާދިނީ މިމަހުގެ 1 ވަނަ ދުވަހުގެ ފަތިހު ގާކޮށި ފްލެޓް ކައިރީ ހުރި ކެފޭއެއްގެ ތެރެއިންނެވެ. ނަމަވެސް މި ހަމަލާއާ ގުޅިގެން އޭނާއަށް މާބޮޑު އަނިޔާތަކެއް ނުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން