ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ތެރެއިން އެޕާޓްމަންޓެއްގައި، އުސޫލުތަކާ ޚިލާފަށް ވިޔަފާރި އުސޫލުން ލޯންޑްރީ ސަރވިސްގެ ޚިދުމަތް ދެމުންދާ މައްސަލައެއް ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ވިނަރެސް ޓަވަރެއްގެ އެޕާޓްމަންޓެއްގެ ތެރޭގައި އިންޑަސްޓްރިއަލް ފެންވަރުގެ ބޮޑެތި މެޝިންތައް ބަހައްޓައިގެން ލޯންޑްރީގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ލޯންޑްރީގެ ޚިދުމަތަށް އެލްޕީޖީ ގޭސް ބޭނުންކޮށްގެން ހިންގާ ބޮޑެތި މެޝިންތަކެއް އެ ތަނުގައި ވަނީ ހަރުކޮށްފައެވެ.
މިކަމާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، މި މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން، އެޕާޓްމަންޓްގައި ކުރަމުންދާ އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެކަން ކުރާ ފަރާތަށް މިހާރު އަންގާފައިވާނޭ ކަމަށްވެސް އެޗްޑީސީން މަޢުލޫމާތު ދެއެވެ. ނަމަވެސް، މި ޤަވާއިދާ ޚިލާފު އަމަލު ހިންގަމުން ދިޔައީ ކޮން ބައެއްކަމެއް އެ ކޯޕަރޭޝަނުން ހާމައެއް ނުކުރެއެވެ.
އެޗްޑީސީން ބުނީ މިފަދަ މައްސަލަތައް ހަރުކަށިކަމާއެކު ބަލަމުންދާނެ ކަމަށާއި، އުސޫލުތަކާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ދިރިއުޅުމަށް ދޫކޮށްފައިވާ ފްލެޓެއްގައި މިފަދަ ނުރައްކާތެރި ގޮތަކަށް އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަކީ އެ އިމާރާތުގައި ދިރިއުޅޭ އެހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށް، ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު