ރާއްޖޭގެ ރައީސުންނާއި، މަޖިލީސް މެންބަރުންނަށްވުރެ، އަމިއްލަ ފައިދާއަށްޓަކައި ވޯޓުވިއްކާ ރައްޔިތުން މާ ގޯސްކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަންކަން ހިނގަމުންދާ ގޮތަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ ގައުމުގެ ކަންކަން ގޯސްވަނީ ހަމައެކަނި ވެރިކަން ކުރަން ތިބޭ ރައީސުންނާއި، މަޖިލީސް މެންބަރުންގެ ސަބަބުން ނޫން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ބޭފުޅުން ތަފާތު އެކި ގޮތްގޮތަށް އުޅެނީ އެމީހުންގެ ވެރިކަން ދަމަހައްޓާށެވެ. ނަމަވެސް، އެފަދަ ކަންކަމަށް މަގުފަހިކޮށްދީ، އެފަރާތްތަކަށް ތާއީދުކުރާ ރައްޔިތުންގެ އަމަލުތައް މާ ގޯސް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަފާ ނަސީމްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އަމިއްލަ އެދުމަށްޓަކައި ވޯޓު ވިއްކާލާ ރައްޔިތުންނަކީ ގައުމުގެ ހާލަތު މިހާ ހިސާބަށް ދިއުމުގެ މައިގަނޑު ސަބަބު ކަމަށެވެ. އެގޮތުން ވަޒީފާއެއް ހޯދުމަށާއި، ލޯނު ފަދަ މާލީ އެހީތެރިކަން ހޯދުމުގެ ބޭނުމުގައި ވޯޓު ދޭ މީހުންނަށް އޭނާ ފާޑުވިދާޅުވިއެވެ.
މީގެ އިތުރުން، ކޯޓުތަކުގައި ހުރި މައްސަލަތައް ނެގުމަށާއި، ތަފާތު ޕްރޮޖެކްޓްތައް ހޯދުމުގެ ދަހިވެތިކަމުގައި ވޯޓު ވިއްކާ ރައްޔިތުންނަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ނަސީމް ސިފަކުރެއްވިއެވެ.
"ވަޒީފާ ލިބޭތީ، ލޯނު ލިބޭތީ، ކޯޓުގައޮތް މައްސަލަ ނަގާތީ، ޕްރޮޖެކްޓް ލިބޭތީ ވޯޓު ވިއްކާ ރައްޔިތުން މާ ގޯސް،" ނަސީމް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު