ރާއްޖެއިން ބޭރުން މީހުން ގެނެެސްގެން ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ އިސްމީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ޢުމުރުން 33 އަހަރުގެ މީހެކެވެ.

އޭނާގެ ބަންދު އަމުރުގައިވާގޮތުން އޭނާއަކީ ހަށިވިއްކުމުގެ ނެޓްވޯކްގެ އިސްފަރާތްކަމަށް ފުލުހުންވަނީ ތުހުމަތުކޮށްފައެވެ.

ވިލިމާލޭގައި ދިރިއުޅެމުންދިޔަ މިމީހާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާވާރަށް ހެކިވަނީ ލިބިފައެވެ. އެގޮތުން ހުށަހެޅިފައިވާ އިންޓަލިޖެންސް ރިޕޯޓުތަކާއި ފުލުހުންގެ ތަހުގީގު ރިޕޯޓުން އޭނާއަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް ހަށިވިއްކުމުގެ ވިޔަފާރި ކުރާ ފަރާތެއް ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.

ކޯޓުގައި ފުލުހުން އެދުނީ އޭނާ ފިލައިގެން ދިއުމުގެ އިޙްތިމާލެއް އޮތުމުން އޭނާ ބަންދުގައި ބެހެއްޓުމަށެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން